މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ މާދަމާ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިނިސްޓަރ އާތިފާ މަޖިކީހަށް ހާޒިރުކުރަނީ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކާ ގުޅުންހުރި މައްސަލައެއްގައި ސުވާލު ކުރުމަށެވެ.
މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިފާއު ހުށަހެޅުއްވި މި މައްސަލައިގައި މިނިސްޓަރު މާދަމާ މަޖިލީހަށް ހާޒިރުކުރާނެ ކަމަށް މެންބަރު ރިފާއު ވަނީ ޓްވީޓަރގައި ވިދާޅުވެފައެވެ.
މިނިސްޓަރ އާތިފާއަށް އަމާޒުވާ ސުވާލު: ރައީސް ޔާމީންގެ ސަރުކާރުގައި އިފްތިތާހް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން އެ ފްލެޓްތައް ލިބޭނެކަމަށް ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ، މިހާރު މަސައްކަތް ފަށާފައިވާ 7000 ދެކޮޓަރީގެ ފްލެޓް އާއި މަސައްކަތް ނުފަށާ ވާ 2500 ދެ ކޮޓަރީގެ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ދޭހަވާ ގޮތަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަށް ހަވާލާދީ މީޑިއާގައި ޚަބަރު ފެތުރިފައިވެއެވެ. މިއީ ހަޤީގަތެއްތޯ؟ އެހެންކަމަށްވާނަމަ ފްލެޓްތަކުގެ ހައްޤުވެރިންނަށް ވާނީ ކިހިނެތްތޯ؟
ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅިގެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރާއިރު، އެ މަޝްރޫއަށް އާ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މާދަމާ މިނިސްޓަރ އާތިފާ މަޖިލީހަށް ހާޒިރުކުރާއިރު، މި ސަރުކާރުގެ މިނިސްޓަރަކު މިއަދު ވަނީ ފުރަތަމަ ފަހަރަށް މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.