ލީޒާ - ފޮޓޯ: ސަން

މަޝްހޫރު ނޫސްވެރިޔާ ލީޒާ، މަޖިލިސް އިންތިޚާބުގައި ވާދަނުކުރަން ނިންމައިފި

ގިނަ ބައެއްގެ މަޤްބޫލުކަން ހޯއްދަވާފައިވާ މަޝްހޫރު ނޫސްވެރިޔާ ލީޒާ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.

މީގެ ކުރިން ލީޒާ އިއުލާން ކުރައްވާފައިވަނީ، ނ.ވެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ލީޒާގެ ކެންޑިޑެސީ ގަބޫލު ކޮށްފައި ވަނިކޮށް ނަން އަނބުރާ ގެންދަން ނިންމާ ލީޒާ ނެރުނު ބަޔާނުގައި ވިދާޅުވީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރަން ނިންމީ މި ސިޔާސީ ގޮތުން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ.

އިންތިހާބުގައި ވާދަ ނުކުރާކަން މިހާރު އީސީއަށް ވެސް އަންގާފައިވާނެ ކަމަށާއި، ނަމަވެސް ދާއިރާގެ ރަށްތަކަށް ޚިދުމަތް ކުރައްވާނެ ކަމަށް ލީޒާ ވިދާޅުވިއެވެ. އަދި އިންތިހާބުގައި ވާދަ ނުކުރަން ނިންމުމުން ދާއިރާގެ ގިނަ ބަޔަކު މާޔޫސްވިކަން އެނގޭ ކަމަށާއި، ނަމަވެސް ދާއިރާގެ ރައްޔިތުންގެ ކިބައިން އެދެނީ މާޔޫސްނުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ލީޒާ ވަނީ 2014 ވަނަ އަހަރު ވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާފައެވެ. އެފަހަރު އޭނާ އިންތިޚާބަށް ނިކުތީ ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ. މަޖިލިސް އިންތިޚާބަށް ފަހު ލީޒާ އަށް ރައީސް އޮފީހުގެ މަގާމެއް ސަރުކާރުން ދެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ލީޒާ ފެނިގެންދިޔައީ ރައީސް ޔާމީންގެ ކެމްޕޭނުގެ އިސްސަފުގައި މަސައްކަތް ކުރެއްވި ކަނބަލެއްގެ ގޮތުގައެވެ.


ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް