ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލޭ ސިޓީއަށް ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާލޭ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށާއި، ފެން ބޮޑުވެފައިވާ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ފަށާފައިވާ ކަމަށެވެ.

"މިވަގުތު ފެން ހިއްކުމުގެ މަސައްކަތް ކުރަނީ ވެސްޓް ޕާކް ސަރަހައްދާއި އައިޖީއެމްއެޗް ކައިރީގައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މާލޭ ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި މިވަނީ އެ ސިޓީވެސް ހިމެނޭހެން ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓްވެސް ނެރެފައި ވަނިކޮށެވެ.

ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މާލޭ ސިޓީގައި ފެންބޮޑުވުމަކީ ޢާއްމު އަދި ހައްލު ހޯދިފައި ނުވާ ޢާއްމު ރައްޔިތުންނަށް ނުހަނު ދަތިވާ މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ