އައްޑޫސިޓީގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވާފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫގައި ގައެވެ.
މީރާއިން މިއަދު ބުނެފައިވަނީ ޓެސްއާއި ގުޅޭ ހުރިހާ ކަމެއް، މީރާ ހުޅުމީދޫ ކަލެކްޝަން ސެންޓަރުން ކުރެވޭނެކަމަށާއި މީރާގެ މައި އޮފީހުން ލިބިލައްވާ ޚިދުމަތްތައް އެ ސެންޓަރުންވެސް ލިބިލައްވާނެކަމަށެވެ.
މީރާގެ ހުޅުމީދޫ ކަލެކްޝަން ސެންޓަރު ގާއިމުކޮށްފައިވަނީ ހުޅުމީދޫ އެސްޓީއޯ ބިލްޑިންގެ ދެވަނަ ފަންގިފިލާގައެވެ. މި ސެންޓަރުން ކޮންމެ ދުވަހެއްގެ 08:00 އިން ފެށިގެން 13:00 ޚިދުމަތް ލިބޭނެ ކަމަށާއި، އެ ސެންޓަރުގެ ފޯނު ނަންބަރަކީ 3022388 އަދި 3022387 ކަމަށް މީރާ އިން ވަނީ ވިދާޅުވެފައެވެ.
މީރާއަކީ ދަޢުލަތަށް ވަންނަ އާމްދަނީ ބަލައިގަންނަ މައި އިދާރާއެވެ. މީރާ އުފެދިފައިވަނީ 18 މާޗް 2010 ގައި ތަޞްދީޤު ކުރެވުނު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންނެވެ. މިހާރު 14 އަތޮޅެއްގައި މީރާގެ އޮފީސްތައް ވަނީ ޤާއިމްކުރެވިފައެވެ.



