މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

އައްޑުއާއި ހުވަދޫއާ ދެމެދު ޝެޑިއުލް ފްލައިޓުތައް ބާއްވަނީ

އައްޑޫ ސިޓީއާ ހުވަދުއަތޮޅާ ދެމެދު ޝެޑިއުލް ދަތުރުތައް އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަންއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންއިން މިކަން ހާމަކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމަހުގެ 15 އިން ފެށިގެން އައްޑޫއާއި ހުވަދޫއާއި ދެމެދު ޝެޑިއުލް ފްލައިޓްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މިކަމާއިބެހޭ އިތުރު މަޢުލޫމާތެއް ޙިއްސާކޮށްފައިނުވާއިރު، އައްޑޫ ސިޓީގެ 25 ކިލޯ މީޓަރުގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޢިސްމާއިލްވެސް އައްޑޫ ސިޓީއާ ހުވަދުއަތޮޅާ ދެމެދު ޝެޑިއުލް ދަތުރުތައް އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހާމަކުރައްވާފައިވެއެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ، އައްޑޫއާ ހުވަދޫއާ ދެމެދު ކުރާ ދަތުރުތަކުގެ ޝެޑިއުލް، އައްޑޫ އަށް މިހާރު ޖައްސާ ސްރީލަންކަން އެއާވޭސްގެ ޝެޑިއުލްއާ ދިމާކުރެވޭ ގޮތަކަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތަށް ބަދަލުތައް ގެނެވޭނީ އަންނަ އޭޕްރީލްމަހާއި ހިސާބުން ފެށިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ