އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް މިހާރު ވެސް އެ ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ރިޕޯޓްގައިވާ ގޮތުން އިސްމާއިލް ހަބީބަށް 90.28 ޕަސެންޓް މާކުސް ލިބިވަޑައިގަތްއިރު، ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބިލެއްވީ އަހްމަދު މޫސާއަށް ލިބިވަޑައިގަތީ 75.57 މާކުސް އެވެ.
މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ހަބީބުގެ ނަންފުޅަށެވެ. އީސީއަށް ހަބީބް އައްޔަނު ކުރުމަށް 58 މެންބަރުން ވަނީ ވޯޓު ދެއްވުމާއި ގުޅިގެން، އިތުރު ނަންތަކަށް ރިޔާސަތުން ގާސިމް އިބްރާހީމް ވޯޓަކަށް އައްސަވާފައެއް ނުވެއެވެ.