ބީއެމްއެލް - ޢިޖުތިމާޢީ ޚިދުމަތުގައި ނަމޫނާއެއް

ދިވެހިންގެ ބޭންކް، އަހަރެމެންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިންގެ ހުރިހާ ޚާލަތެއްވެސް ދެނަހުރި ޤައުމީ ބޭންކެވެ. ވިޔަފާރީގެ މުއާމަލާތްތަކުގެ އިތުރުން އެ ބޭންކްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ބޭނުންތެރި ޚިދުމަތްތަކެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު ހއ. އިހަވަންދޫގެ ހަތަރު ފަރާތަކަށް ވީލްޗެއަރ ހަދިޔާކޮށްފައިވާއިރު، މިއީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ބޮޅަށް އިތުރު ކޮށްލެވުނު ބޮޅެކެވެ.

މިއަހަރުގެ ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ 60 ފަރާތަކަށް ވީލްޗެއަރ ދިނުމަށް ބޭންކުން ވަނީ ނިންމާފަ ބީއެމްއެލްއިން މި ވީލްޗެއަރތައް ހަދިޔާކުރަމުންދަނީ ދިރިއުޅުމުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަންހުންނަ އަދި މޮޓްރައިޒްޑް ވީލްޗެއަރ އަމިއްލައަށް ދުއްވޭނެ ފަރާތްތަކަށެވެ. މި ގޮތަށް ބޭންކުން ވީލްޗެއަރ ހަދިޔާ ކުރާއިރު އެ ރަށެއްގައި އެ ވަގުތު ތިބި މޮޓްރައިޒްޑް ވީލްޗެއަރ ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޭންކުންދަނީ މިފަދަ ވީލްޗެއަރ ހަދިޔާކުރަމުންނެވެ.

ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށްބޭންކުން އަބަދުވެސްވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމަށާއި، މި ޚާއްސަ މޮޓޮރައިޒްޑްވީލްޗެއަރތަކުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލު އައުމަކީ ލިބޭވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ބޭންކުގެ އަމާޒަކީ މި ޕްރޮގްރާމް ނިމިގެންދާއިރު މުޅި ރާއްޖޭގައި މޮޓްރައިޒްޑް ވީލްޗެއަރ އަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފަދަ ވީލްޗެއަރ ހަދިޔާކޮށްދިނުން." ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުއެވެ.

މީގެ ކުރިން ބީއެމްއެލް އިންވަނީ ރާއްޖޭގެ މީހުން 7 ރަށެއްގައި ދިރިއުޅެމުންދާ 16 ފަރާތަކަށް މޮޓްރައިޒްޑްވީލްޗެއަރ ހަދިޔާކޮށްފައެވެ. މި ރަށްތަކަކީ ހއ. ދިއްދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ.ނައިފަރު، ކ.މާފުށި، އއ.ރަސްދޫ، އަދި ސ. ހުޅުމީދޫ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ