އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ލ. އިސްލޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސްތެރޭގައި ނިންމާގޮތަށް 34،792،350.32 ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން 160 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓަކާއި، 48 މީޓަރުގެ އެއްގަމުތޮއްޓަކާއި، 02 ނެރުބައްތިއާއި، 12 ބަނދަރު ބައްތީގެ އިތުރުން 1560 ސްކެއަރ މީޓަރުގެ ޕޭވްމަންޓްއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 12 މޫރިންގ ބުލޮކްސްއާއި، 18،984 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބަނދަރުން ފުންކުރުމަށާއި، 6483 ކިއުބިކް މީޓަރުގެ ސަރަހައްދެއް ނެރުން ފުންކުރުމުގެ އިތުރުން 98 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވެސް މި ޕްރޮޖެކްޓްގެ ދަށުން ވަނީ ހަމަޖެހިފައެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝާނާ ފާރޫޤްއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ އަލްފާޟިލް ޝާހިދް ޙުސައިން މޫށާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ