ސިފައިންނާއި ފުލުހުން ގުޅިގެން އިއްޔެ ރ. މަޑުއްވަރީގައި ހިންގި ޚާއްޟަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، މަޑުއްވަރީން އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ދިވެހި ސިފައިންނާއި، ފުލުހުން ގުޅިގެން ރ. މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން، ބައެއް ގެތަށް ބަލާ ފާސްކުރުމަށް އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުއެވެ. އެއީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހެނދުނު ފެށި މި އޮޕަރޭޝަން ގިނަ ވަގުތުތަކަށް ދެމިގެން ގޮސްފައިވާއިރު، ދެވަނަމަ މީހަކަށް ހައްޔަރުކޮށްފައިވަނީ އިއްޔެ އިރުއޮއްސުނުއިރު ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި އޮޕަރޭޝަނުގައި އެންމެ ފަހުން ރޭ 21:56 ހާއިރު 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މަޑުއްވަރީގައި ހިންގި އޮޕަރޭޝަކީ، ދިވެހިރާއްޖޭގައި ބައެއްފަރާތްތަކުން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.



