މަޑުއްވަރީ ރޭޕް ކޭސްގައި ތުހުމަތު ކުރެވޭ ޓީޗަރު ސަސްޕެންޑްކޮށްފި

ރ.އަތޮޅު މަޑުއްވަރީގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅުންހުރި ޓީޗަރު އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެއްޓަރީ އަހްމަދު އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ޓީޗަރަކާއި ގުޅޭ ޖިންސީ މައްސަަލައަކާއި ގުޅިގެން މަޑުއްވަރިން ޓީޗަރަކު ސަސްޕެންޑް ކޮށްފައިވާނޭ ކަމަށެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ސަސްޕެންޑް ކޮށްފައިވަނީ މަތީ ގްރޭޑްތަކަށް ކިޔަވާދޭ މުއީން ހަސަން ނަމަކަށް ކިޔާ ޓީޗަރެކެެވެ.

މަޑުއްވަރީގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމަގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މާރޗްމަހުގެ 11 ވަނަ ދުވަހު ކަމަށް މީގެކުރިން ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކުއްޖާގެ އާއިލާގެ މީހަކު މިހާދިސާ ހިނގިގޮތް މީޑިއާއަށް ކިޔައިދިން ގޮތުގައި، މާރޗްމަހުގެ ތިން ވަނަ ދުވަހު އެ ކުއްޖާ ސްކޫލުގެ ކަމަކު ސްކޫލަށް ގޮސް ހުއްޓާ، ޓީޗަރަކު އޭނާ ގޮވައިގެން ސްކޫލު ކައިރީގައި ހުރި ގެސްޓް ހައުސްއަކަށް ގެންދިޔައީއެވެ. އެކަން ހިނގީ ހަވީރުގެ ވަގުތެއްގައެވެ. އެ ގެސްޓްހައުސްއަށް ގެންދިޔަ އިރު އެތަނުގައި އިތުރު ތިން މީހުން ތިބި ކަމަށާއި އެ މީހުން ތިބީ މާސްކު އަޅައި މޫނު ފޮރުވައިގެން ކަމަށް އޭނާ ކިޔައިދިނެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ފުލުހުންގެ ބަންދަށް ނުގެންދާ މައްސަލައިގައި މަޑުއްވަރީގައި އޭރުވަނީ މުޒާހަރާތައްވެސް ކޮށްފައެވެ. މިމައްސަލަ މިހާރު އަންނަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ