އަންހެން މުވައްޒަފުން ވިހެއުމުން 6 މަސް ދުވަހުގެ ޗުއްޓީ ދޭން ނިންމައިފި

ސަރުކާރުގެ ވަޒީފާ އަދާކުރާ މައިންގެ ތެރެއިން، އެމީހެއްގެ ތުއްދުދަރިފުޅަށް 6 މަސްނުވާ ކޮންމެ މަޔަކަށް މިއަދުންފެށިގެން މުސަރާއާއެކު 6 މަސްދުވަހުގެ "މެޓަރނިޓީ ލީވް" ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ އަންހެނުން ދުވަހުގެ މުނާސަތުގައި ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަންހެނުން ބާރުވެރިކޮށް ދެމެހެއްޓެނިވި ތަރައްގީގައި އަންހެނުންގެ ހިއްސާ ބައްޓަން ކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުތައް ބައްޓަން ކުރެވޭނީ އަންހެނުންނަށް ދިމާވާ ހުރަސްތައް ނައްތާލުމަށްޓަކައި އާއިލާ އާއި މުޖުތަމައު އެހީވެގެން ކަމަށާއި، އަދި ފަހުރުވެރި އާއިލާއެއް ބިނާ ކުރުމަށް މަގުފަހި ކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ މަސައްކަތް އަޅުގަނޑުމެން ފައްޓާނީ ތުއްތު ދަރިފުޅު މި ދުނިޔެއަށްލާ ފުރަތަމަ ނޭވާއާއެކު، އެ ދަރިފުޅަށް ހޭހަން ކުރުމުގެ ގޮތުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެންު މުއައްޒިފުންނަށް މިއަދުން ފެށިގެން ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް