ދިވެހި ސިފައިންނާއި، ފުލުހުން ގުޅިގެން ރ. މަޑުއްވަރީގައި މިހާރު ކުރިއަށް ގެންދާ ޚައްސަ އޮޕަރޭޝަނަކީ އަދިވެސް ކުރިޔަށް ދާކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
މަޑުއްވަރީގައި ކުރިޔށް ގެންދާ މި އޮޕަރޭޝަނަކީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން ހިންގާ ޚާއްސަ އޮޕަރޭޝަނެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ. މި އޮޕަރޭޝަނުގައި މަޑުއްވަރީގެ ގިނަ ގެތަކެއް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.
މި އޮޕަރޭޝަން މަޑުއްވަރީގައި ފަށާފައިވަނީ ޑިސެންބަރު 18 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ހަރުކަށި ފިކުރު ފުޅާ ދާއިރާއެއްގައި ފަތުރަމުންދާކަމުގެ ތުހުމަތުގައި 2019 ޑިސެމްބަރ 18 ވަނަ ދުވަހު އެރަށުން 3 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް މަޑުއްވަރީގައި ކުރިޔަށްދާ އޮޕަރޭޝަން އަދިވެސް ދަނީ ކުރިޔަށް ކަމަށާއި، އަދި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެރަށުގައި ކުރާ ތަޙްޤީޤުގެ މަސައްކަތްތައް ވެސް ކުރިޔަށް ދާކަމަށެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަން “އައްސޭރި” ގައި ފުލުހުން ވަނީ އެރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި، ޞައްހަނޫން ކައިވެނީގެ ސެޓްފިކެޓެއް ވެސް ހޯދާފައެވެ.
މީގެ އިތުރުން ވެކްސިންދީ ސްކޫލަށް ފޮނުވަން އިންކާރުކުރި މަޑުއްވަރީ ކުޑަކުއްޖަކު މައިންބަފައިން އަތުން ނަގާފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާލުވެފައެވެ.