އެއް އަހަރުގެ ތުއްތު ކުއްޖަކު ހާލުދެރަވެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

ގއ.ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ކުޑަ ކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު މިއަދު 16:40 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 1 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

މި ކުއްޖާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ގއ.ވިލިނގިލި އަތޮޅު ހޮސްޕިޓަލުން އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު، ހެލިކޮޕްޓަރުގައި މާޅެ ގެނައި ކުއްޖާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ