އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލައަށް އެކުލަވާލާ ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ "އައްޑޫ ތަސައްވަރަށް" 300 މިލިއަން ޑޮލަރު މި ސަރުކާރުން ޚަރަދުކުރަން އާބަސްބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ، އައްޑޫ ތަސައްވަރު އިފްތިތާޙް ކުރުމަށް ކުރުމަށް މިހާރު ކުރިއަށް ގެންދަމުންދާ ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލެވެ.
މައިގަނޑު އަށް ކަމެއްގެ މައްޗަށް އެކުލެވޭ އައްޑޫ ތަސައްވުރާ ގުޅޭގޮތުން ބައިވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާރު ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ތަސައްވަރު ހަޤީގަތަކަށް ހެދުމަށް ބޭނުންވަނީ 300 މިލިއަން ޑޮލަރު ކަމަށާއި، އެއީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.
"އަޅުގަނޑުމެން އަންދާޒާ ކުރާގޮތުގައި މި ފަސް އަހަރު ތެރޭގައި އައްޑޫއަކީ މީހުން އުޅެން ބޭނުންވާ އަދި މީހުންނަށް އަރާމު ދިރިއުޅުމެއް އުޅެވޭނެ ތަނަކަށް ހެދުމަށް ބޭނުންވަނީ 300 މިލިއަން ޑޮލަރު. އެއީކީ އެހާ ބޮޑު އެއްޗެއް ނޫން އިނގޭތޯ. މިކަމަށް އެއްވެސް ގޮތަކަށް ބޮޑު އެއްޗެއް ނޫން. އަދި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ފައިސާ ލިބޭނެ ގޮތްވެސް މިހާރުބ ވަނީ ހަމަޖެހިފައި." އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ، އައްޑޫ ތަސައްވަރު ހަޤީޤަތަކަށް ހެދުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި، މިހާރުވެސް އެކަން ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ ހަތަރު ފަސް ބިލިއަން ރުފިޔާ ކަމަށާއި، އެއީ މާ ބޮޑު ޚަރަދުތަކެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޚާއްޞަ ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދު އެދިލެއްވީ އައްޑޫ ތަޞައްވަރު ހަޤީޤަތަކަށް ހެދުމަށް "އެޖެންޑާ 19" އަށް ވޯޓް ދެއްވުމަށެވެ.