އައްޑޫގައި ހިންގާނީ 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް - ރައީސް ޞޯލިޙް

އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާނީ 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިކަން އިއުލާން ކުރެއްވީ އައްޑޫ ސިޓީގެ އެމްޑީޕީ ކެންޑީޑޭޓުންގެ ކެމްޕޭން ރަސްމީކޮށް އިފްތިތާޙް ކުރައްވާ ދައްކަވަމުންދާ ވާހަކަފުޅުގައެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، އައްޑޫ ސިޓީން 68 އިންސައްތަ ރައްޔިތުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާފައިވާ ކަމަށާއި، ކެމްޕޭންގައި ވެވަޑައިގަތް ވައުދައް އަދި އައްޑޫ ރައްޔިތުންގެ މަތިން ހަނދާން ނައްތާ ނުލައްވާ ކަމަށެވެ.

"އެބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް އަޅުގަނޑުގެ ވެރިކަމުގައި ނުވާނެ. އައްޑޫ ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރު ނަގައެއް ނުލާނަން. އައްޑޫ ތަރައްޤީ ކުރުމަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިރޭ ތިބޭފުޅުންނަށް އަރުވަން." ރައީސް ޞޯލިޙް އައްޑޫ ރައްޔިތުންނާ މުޚާޠަބުކޮށް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، އައްޑޫއަކީ ވަރަށް ޚާއްޞަ ތަނެއް ކަމަށާއި، ގުދުރަތީ ގޮތުން ރީތި އަދި ތަރައްޤީ ކުރާނެ ފުރުޞަތު އެހާމެ ބޮޑުތަނެއް ކަމަށެވެ. އައްޑޫއަށް އޮތް ތަސައްވަރު ވަރަށްވެސް ބޮޑު ކަމަށާއި، ރައީސްގެ ދައުރަކީ އެ ތަރައްވަރު ހަޤީގަތަކަށް ހަދައިދިނުން ކަމަށްވެސް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އައްޑޫގެ ތަސައްވަރު ހާސިލުކުރުމަށް މިހާރު ސަރުކާރުން ވަނީ 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް އެކުލަވާލާފައި. މި މެގަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ އައްޑޫގެ އިނދަޖެހިފައިވާ އިޤްތިޞާދު ކޮޅަށްޖަހައި، މުޅި ޤައުމުގެ އިޤްތިޞާދުގެ އިންޖީނަކަށް އައްޑޫ ބަދަލުވެގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވަނީ އައްޑޫ ތަސައްވަރުގައި ހިމެނޭ ޕްރޮޖެކްޓްތަކުގެ ތަފްސީލުވެސް ވަނީ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ