ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް އަތޮޅު ތެރޭގެ ރަށްރަށު ކައުންސިލުން

އަތޮޅު ތެރޭގެ ރަށްރަށު ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ތައާރަފްކޮށްފިއެވެ.

'ރަށުން' މި ނަމުގައި އިމިގްރޭޝަނުން ތަޢާރަފްކުރި އައު ޚިދުމަތަކާއެ މުފުރުޞަތު ހުޅުވިގެންދާއިރު، އިމިގްރާޝުން ވިދާޅުވީ، މިއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް، ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި އަލަށް ތަޢާރަފް ކުރެވިގެންދާ ޚިދުމަތެއްކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި މިޚިދުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަތޮޅު އަދި ރަށު ކައުންސިލްތަކާއި ގުޅިގެންނެވެ. މިޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ވ. އަތޮޅުގައެވެ.

" މަޤްސަދަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، އިމިގްރޭޝަނުން ދޭ ޚިދުމަތްތައް ލާމަރުކަޒީކޮށް، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވީނަމަވެސް ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް ހަމަހަމަކަމާއިއެކު ޙިދުމަތްތައް ފޯރުކޮށްދިނުން." އިމިގްރޭޝަނުން ވިދާޅުވިއެވެ.

ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަނަމަ، ރަސްމީ ބަންދުނޫން ގަޑިތައް ނުހިމެނޭގޮތަށް، 48 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނިމޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވާއިރު، ޕާސްޕޯޓު ނިމުމުން، އިމިގްރޭޝަންގެ އޮފީސްތައް ޤާއިމްކޮށްފައިވާ ހުރިހާ ރަށަކުން ވެސް ޕާސްޕޯޓާއި ޙަވާލުވެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ