ފުލެޓްތަކުގެ މެއިންޓަނެންސް ފައިސާ ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން - އައްޑޫ ސިޓީ ކައުންސިލް

ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގައި އަޅާފައިވާ ފްލެޓްތަކުގެ މެއިންޓަނެންސް ފައިސާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމުގައި އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފްލެޓްތަކުން މެއިންޓަނެންސް ނެގިފައިވާ ފަރާތްތަކުގެ، މެއިންޓަނެންސްއަށް 1،020،782.08 ރުފިޔާ ހައުސިންގ މިނިސްޓްރީ އިން އެ ކައުންސިލަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ ފައިސާ އެފަރާތްތަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް އެކައުންސިލުން ކޮށްފައިވާ ޓްވީޓްގައި ވަނީ ބުނެފައެވެ.

ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން، އައްޑޫގައި އަޅާފައިވާ ފްލެޓްތައް ލިބިލެއްވި ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކޮށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އެކައުންސިލުން ވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި ފަށައިފައެވެ.

ސަރުކާރުން އަޅާން ފަށާފައިވާ ފްކެޓްތަކާއި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ދިގުދެމިގެންދިޔަ ބައެއް ރަށްތަކުގެ ހައުސިންގ ޔުނިޓްގެ ތަށިމުއްޓާއި ޓިނުފަދަ ތަކެތި ވެސް ވަނީ ބަދަލުކުރަން ޖެހިފައެވެ. އަދި މިކަމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހޭކަމަށް ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ގޮތަށް މަސައްކަތް ނުނިމިހުރި ރަށްރަށުގެ ތެރޭގައި ދިއްދޫ، ކުޅުދުއްފުށި، ތުޅާދޫ، ފުވައްމުލައް އަދި ގއ، ގދއާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ