ވަގަށް ނަގާފައިވާ ތަކެއްޗާއެކު 26 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ތަކެއްޗާއެކު 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އަޑޫސިޓީ ހިތަދޫގެ ދެ ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލަ އަކާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

މީނާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެއްޗާއެކު ކަމަށްވެސް ފުލުހުން މައުލޫމަތު ދެއްވައެވެ.

މިހާރު ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް ރާއްޖޭގައި ވަނީ ވަރަށް ގިނަވެފައެވެ. އެގޮތުން މިއަދު ފުލުހުން އާންމުކުރި މި އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓް ކުރެވިފައި ވަނީ މި އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ