ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނު ގޭގެ ބިންގާ މިއަދު އަޅައިފިއެވެ.
7.5 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ނ.ކެނދިކުޅުދޫ އަލަށް ޢިމާރާތް ކުރަމަށް ހަމަޖެހިފައިވާ އިންޖީނުގެ ޓޫއެލް ކޮންސްޓްރަކްޝަންއާއި ހަވާލުކޮށް މަސައްކަތު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ސޮއި ކޮށްފައިވާއިރު، ޓޫ އެލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކޮށްފައި ވަނީ އެކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރު ހުސައިން އިބްރާހީމެވެ.
މި މަސައްކަތް ޓޫއެލް ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ފެނަކައާއި ހަވާލު ކުރާ ގޮތަށެވެ.
ނުވަމަސްދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނު ކެނދިކުޅުދޫގައި އިންޖީނު ގޭގެ ބިންގާ އެޅި މިހާރުމިވަނީ އަމަލީ މަސައްކަތް ފެށިފައެވެ.



