ކެނދިކުޅުދޫ އާ އިންޖީނުގެ އަޅަން ބަޔަކާއި ޙަވާލުކޮށްފި

ނ.ކެނދިކުޅުދޫ އާ އިންޖީނުގެ އަޅަން ބަޔަކާއި ޙަވާލުކޮށްފިއެވެ.

ފެނަކައިން ވިދާޅުވި ގޮތުގައި 7.5 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ނ.ކެނދިކުޅުދޫ އަލަށް ޢިމާރާތް ކުރަމަށް ހަމަޖެހިފައިވާ އިންޖީނުގެ ޙަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަންއާއެވެ.

ފެނަކަ ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ޓޫއެލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރު ހުސައިން އިބްރާހީމެވެ.

މިމަސައްކަތަކީ ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ޙަވާލުކުރެވުނު މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ