2020 ގެ ވިލާއެއަރގެ ފުރަތަމަ ފަސިންޖަރަށް ސަޕްރައިޒެއް!

މިއަދު ފެށުނު 2020 (އައު ޑިކޭޑް)ގެ ވިލާ އެއަރ، ފްލައިމީގެ ފުރަތަމަ ފަސެންޖަރަށް އެ އެއާލައިނުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

2020 އަށް މަރުޙަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވިލާ އެއަރގެ ފްލައިމީގެ ފުލައިޓަށް ޗެކިންވި ފުރަތަމަ ފަސިންޖަރަށް ހާއްސަ އެވޯޑަކާއި، ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސުޕާގައި ދެރޭ ތިބުމުގެ ފުރުސަތު ވަނީ ދީފައެވެ.

މި އެވޯޑާއި ސަޕްރައިޒް ހަދިޔާ ދީފައިވަނީ މިއަދު ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޑިކޭޑްގެ ފުރަތަމަ ފަސިންޖަރަށް އެވޯޑަކާއި، ފުރިހަމަ ހަދިޔާއެއް ދިނުމުގެ އިތުރުން، ފްލައިމީ އިން މިއަދު ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށް ސޮވެނިއަރ ޓީޝާޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ޓީޝާޓަކީ ވިލާއެއަރ ފުލައިމީގެ ހީވާގެ މުވައްޒަފަކު ސޮއިކޮށްފައިވާ ޓީޝާޓެކެވެ.

ފްލައިމީއަކީ އަކީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އިތުރުން ދިވެހިން ރާއްޖޭގެ ކަންކޮޅުތަކަށް އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ރާއްޖޭގެ ޕްރައިވެޓް އެއާލައިނެކެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޕޮކީ

    އަހަރެން ބޭނުން ފްލައިމީ އިންޖީނިއަރިންގް ޑިޕާޓްމެންޓްގެ މަސައްކަތްކުރާ އެއާކުރާފްޓް އިންޖީނިއަރ މިގްދާދް ސޮއިކޮށްފައި އޮތް ޓީޝާޓެއް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ