އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަޙްމަދު (ހަސަންޓޭ) | ފޮޓޯ: މަޖިލިސް

މިދިޔަ 2 ދައުރުގެ މަސައްކަތް، 18 ވަނަ މަޖިލީހުގެ 2 އަހަރާއި ނުބައްދަލު : ހަސަންޓޭ

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ދައުރު ކުރެވުނު މަސައްކަތާއި މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 އަހަރާއި ނުބައްދަލުކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ހަސަންޓޭ ވަނީ އެމްޑީޕީން ވީ ހުރިހާ ވައުދެއް ފުއްދާނެކަމަށް ވިދާޅުވެފައެވެ. 19 ވަނަ މަޖިލީހަށް އެމްޑީޕީން ކެމްޕެއިން ފެށީ އެޖެންޑާ 19 ގެ ނަމުގައި މަޖިލީހުން ކުރާނެ ކަންތައްތަކެއްގެ ވަޢުދުތަކަކާއި އެކުއެވެ.

ހަސަންޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 5 އަހަރުގެ މަޖިލީހެއްގެ މަސައްކަތްތައް ބެހިފައިވާ 15 ދައުރުގެ ތެރެއިން އަދި ނިމުނީ އެންމެ 2 ދައުރު ކަމަށެވެ. ބާކީ އަދި 13 ދައުރު އެބެތް ކަަމަށާއި މިހާރުގެ ރައްޔިތުންގެ މަޖިލީހަށް 2 ދައުރުތެރޭ ކުރެވުނު މަސައްކަތް، ކުރީ މަޖިލިސްގެ 2 އަހަރާ ނުބައްދަލު ކަމަށެވެ.

އެޖެންޑާ 19 ގައި ހިމެނޭ މިނިމަމް ވޭޖު ލަސްވާކަމަށް ވިދާޅުވެ ގިނަ ރިސޯޓު މުވައްޒަފުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ނަމަވެސް 2020 ވަނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ފާސް ކުރައްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މަޖިލީހުންނާއި ސަރުކާރުންވެސް ބުނަމުންދަނީ މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތް ތަކެއް ކޮށްދެވިފައި ވާކަމަށެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނަސް ކައުންސިލް ތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދެވިފައެވެ. އަދި އާމްދަނީ ޓެކްސް ނެގުމުގެ ބިލް ފާސްކޮށް ވަނީ ތަސްދީދު ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ