ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޓީސީސީ ފެރީއާއި ބަހުގެ ޚިދުމަތް ހިލޭ!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުތެރޭގައި ބާރުވެރިކޮށް އެފަރާތްތަކަށް ލިބޭ ޚިދުމަތްތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެމްޓީސީސީގެ ފެރީ އާއި ބަހުގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

"ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމުން، އެންސްޕާ އިން ފޮރުކޮށްދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމުން އެފަރާތްތަކަށް އެމްޓީސީސީއިން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޚިދުމަތްތައް ހިލޭ ލިބިވަޑައިގަންނަވާނެ." އެމްޓީސީން ވިދާޅުވިއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެފަރާތްތަކަށް މުޖުތަމައުތެރޭގައި ފުރުޞަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އެމްޓީސީސީހގެ ފެރީ ގިމަތަތަކާއި ފެރީތަކާއި ހުޅުމާލޭގައި ދުއްވާ ބަސްތައް ހުންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް ފިޒިކަލް ޑިސެބިލިޓީ ހުންނަ ފަރާތްތަކަށް އަރާ ފޭބުމަށް ފަސޭހަވާނެފަދަ ގޮތަކަށެވެ.

އެ،ްޓީސީސީ އިން ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ ދާއިރާއިން 2016 ވަނަ އަހަރު ގައުމީ އިނާމު ހޯއްދަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ