ރައީސް ސޯލިހު މިނިމަމް ވޭޖާއި ގުޅޭ ރިޕޯޓު ބައްލަވަނީ | ފޮޓޯ : ރައީސް އޮފީސް

މިނިމަމް ވޭޖާއި ގުޅޭ ރިޕޯޓު ރައީސް ބައްލަވައިފި

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިނިމަމް ވޭޖާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ބައްލަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ކުރެއްވި ޓްވޭޓެއްގައި ވަނީ އިއްޔެ ރައީސް ސޯލިހު މިނިމަމް ވޭޖާއި ގުޅޭ ރިޕޯޓު ބައްލަވައިފިކަމަށެވެ.

ރައީސް ސޯލިހު އިއްޔެ ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އެމަނިކުފާނަށް ލިބިއްޖެ ކަމަށާއި ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނެ ކަމަށެވެ.

މިނިމަމް ވޭޖު ލަސްވާކަމަށް ވިދާޅުވެ ގިނަ ރިސޯޓު މުވައްޒަފުން ގެންދަނީ މިނިމަމް ވޭޖު އަވަސް ކުރެއްވުމަށް ގޮވާލާ އަޑު އުފުލަމުންނެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވޯޓު ދެއްވާނީ މިނިމަމް ވޭޖު ފާސްވުމުންކަމަށް ވިދާޅުވެ އެއްބަޔަކު ދަނީ މީސް މީޑިއާގައި އަޑު އުފަލަމުން ނެވެ.

ސަރުކާރުން ބުނެފައިވަނީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ފާސް ކުރައްވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ