މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ތިން އަތޮޅަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ، މި ހަފްތާ އަދި އަންނަ ހަފްތާގައި ރައީސް ސޯލިހް ތިން އަތޮޅަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިހަފްތާގެ ބުރާސްފަތި (14 މާރިޗު 2019) ދުވަހު ރައީސް ސޯލިހް ވ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށާއި، އަންނަ ހުކުރު ވާ 15 ވަނަ ދުވަހު ޅ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށާއި، ހޮނިހިރު ދުވަހު ރައީސް ނ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، ރައީސްގެ އެ ދަތުރުފުޅުތަކަކީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އެދަތުރުފުޅުތަކަށް ހަރަދު ކުރައްވާނީ އެމްޑީޕީ އިން ކަމަށެވެ.
ކެމްޕެއިނަށް ރައީސް ތިން އަތޮޅަކަށް ވަޑައިގަންނަވާނެކަމަށް އެމްޑީޕީން ވިދާޅުވިއިރު، ރައީސް ވަނީ ކެމްޕެއިނަށް ކ.އަތޮޅުގެ ބައެއް ރަށްތަކަށާއު، އައްޑޫ ސިޓީއަށް ދަތުރުކުރައްވާފައެވެ.




ހިޔާލު
ޗުއްޓީގަތޯ ރައީސް ދުރުވަނީ. ނޫންނަމަ ވާނީ ހަމަ …..އެމް.ޑީ.ޕީ މީހުން އަންގައޭ ނުކިޔައްޗޭ