ބާސެލޯނާ ސަޕޯޓުކުރިނަމަވެސް ރެއަލްމެޑްރިޑްގެ ހުށަހެޅުމަކަށް ނޫނެކޭ ނުބުނެވޭކަމަށް ބާސެލޯނާއަށް ކުޅުނު ކާލެސް އަލޭނާ ބުނެފިއެވެ.
ބާސެލޯނާގެ އެކަޑަމީއިން ތަމްރީވެގެން އައި އަލޭނާއަށް ބާސެލޯނާގެ ފުރަތަމަ 11 އިން ފުރުޞަތު ލިބުމުގައި ދަތިކަން ހުރިއިރު، މިމަހުގެ ކުރީކޮޅު ލޯނު ޢުޞޫލުން އަލޭނާ ރެއަލްބެޓިސްއާއި ގުޅުމަށްވެސް ނިންމާފައިވެއެވެ.
19/20 ސީޒަންގެ ބާކީބައިގައި އަލޭނާ ފެނިގެންދާނީ ރެއަލްބެޓިސްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.
? OFFICIAL | | #RealBetis sign Carles Aleñá on loan ??
— Real Betis Balompié (at ?) (@RealBetis_en) December 28, 2019
Hit it hard these months, @Carlesale10! ??
➡ https://t.co/5RHDc2DzrO pic.twitter.com/XNcjiOeFJg
ފުޓްބޯޅައިގެ ތަފާތު ހީނުކުރާފަދަ ކަންތައްތައް ވާނޭކަމަށް އަލޭނާ ބުނެފައިވާއިރު، ރެއަލްމެޑްރިޑަށް ކުޅެން ލިބޭ ފުރުޞަތަކަށް ނޫނެކޭ ނުބުނާނެކަމަށް އޭނާ ބުންޏެވެ.
"އަހަންނަކީ ބާސެލޯނާ ސަޕޯޓަރެއް. އަހަންނަށް ދަށްވެސްއޮތީ ނޫނެކޭ ނުބުނަން." އަލޭނާ ބުންޏެވެ.
މީގެއިތުރުން އަލޭނާ ބުނީ، ބާސެލޯނާގެ ފުރަތަމަ 11 އިން ފުރުޞަތު އޭނާއަށް ނުލިބޭ ސަބަބެއް ނޭނގޭކަމަށާއި، ޓީމަށް ނުނަގަނީ ކީއްވެކަމެއް ވަލްވާޑޭ ނުބުނާކަމަށެވެ. އަދި ބާސެލޯނާއާއި ދެމެދު އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނަކަމަށްވެސް އަލޭނާ ބުންޏެވެ.
އަލޭނާ ބުނީ، އެހާ ދުވަސް ވަންދެން ބާސެލޯނާ ޖާޒީ ލައިގެން އުޅުމަށްފަހު ބާސެލޯނާ ނޫން އެހެން ކްލަބެއްގެ ޖާޒީއެއް ލުމަކީ ވަރަށް ތަފާތު އިޙްސާސެއްވާކަމެއްކަމަށެވެ.




ހިޔާލު
އެލޭނާ އެއް ނޫން އެލެންޔާ
ލިޔުމުގަ alena މިހެން އޮތަސް ސްޕެނިޝް ބަހުން ޕްރޮނައުންސް ކުރަނީ“ ޔާ“
އެހެން ވީމަ ދިވެހި ބަހުން ލިޔާނީ އެގޮތަށް