އެފްސީ ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ކާލްސް އަލޭނާ ލޯން އުސޫލުން ގެޓަފޭއަށް ބަދަލުވެއްޖެއެވެ.
ބޭރުގެ މީޑިިއާ ރިޕޯރޓްތައް ބުނާގޮތުން އަލޭނާ ގެޓަފޭއާއި ގުޅެން އެއްބަސްވެފައިވަނީ މިސީޒަންގެ ބާކީ ދުވަސްތަކަށެވެ. އެހެންކަމުން ސީޒަން ނިމުމާއެކު އޭނާ އެނބުރި ބާސެލޯނާއާއި ގުޅޭނެއެވެ. ބާސެލޯނާއިންވަނީ މިދިޔަ ސީޒަންގައިވެސް އުމުރުން 23 އަހަރުގެ އަލޭނާ ލޯނު އުޞޫލުން ދޫކޮށްލާފައެވެ. އެއީ ރެއަލްބެޓިސް އަށެވެ.
އަލޭނާވަނީ ރެއަލްބެޓިސްއަށް ކުޅުނު 19 މެޗުން 1 ލަނޑު ކާމިޔާބުކޮށްފައެވެ.
❗ ÚLTIMA HORA: El Barça i el Getafe han tancat la cessió de Carles Aleñá fins al final d'aquesta temporada. Els madrilenys assumeixen la fitxa del jugador i no tenen opció a compra. #frac1 pic.twitter.com/MtXScdVSRe
— El Barça juga a RAC1 (@FCBRAC1) January 5, 2021
ކޫމަންގެ ބާސެލޯނާގެ ފުރަތަމަ 11 އިން އަލޭނާއަށް ފުރުޞަތު ގެއްލިފައިވާއިރު، މިސީޒަންގައި އޭނާއަށް ފުރަތަމަ 11 ފުރުޞަތު ލިބިފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ކީވްއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައެވެ. އެމެޗަށް ބާސެލޯނާ ނުކުތްއިރުވެސް އެކްލަބު އޮތީ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެއެވެ.
ބާސެލޯނާގެ ޔޫތު ޓީމުން ކެރިއަރު ފެށި އަލޭނާ ބާސެލޯނާގެ ފުރަތަމަ ޓީމާއި ގުޅިފައިވަނީ 2018 ވަނަ އަހަރުއެވެ. ބާސެލޯނާގެ ފުރަތަމަ ޓީމަށް މިހާތަނަށް 44 މެޗު އަލޭނާ ކުޅެދީފައިވާއިރު، އޭނާވަނީ، އެކްލަބަށް 3 ލަނޑު ކާމިޔާބުކޮށްދީފައެވެ.




