ކުޅުދުއްފުށީ ސިޓީގެ ހަ ދާއިރާއާއި އަންހެން މެމްބަރުން ހޮވާނެ ދެދާއިރާ ގުރުއަތުން ހޮވައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށޫ ސިޓީގެ އިންތިހާބީ ހަ ދާއިރާ އާއި އަންހެން މެމްބަރުން ހޮވާނެ ދެދާއިރާ ގުރުއަތުން މިރޭ ހޮވައިފިއެވެ.

ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަފުލާގައި ކުޅުދުއްފުށޫ ސިޓީގެ އިންތިހާބީ ހަ ދާއިރާގެ ގޮތުގައި ނިންމައިފައި ވަނީ؛

  • ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)
  • ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)
  • ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)
  • ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)
  • ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)
  • ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)

    އަންހެން މެންބަރުން ހޮވާނެ ދެދާއިރާ ކަނޑައެޅުމަށް މިރޭ ނެގުނު ގުރުއަތުން ހޮވިފައިވަނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާ އެވެ.

    ރާއްޖޭގެ އުތުރުން އެންމެ ފުރަތަމަ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުށީގެ އާބާދީ 10000 ހަމަވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ތެރޭގައެވެ.

    ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފައިވަނީ 2019 ޑިސެމްބަރ 31 ވަނަ ދުވަހުއެވެ. އަދި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ 1 ޖެނުއަރީ 2020 ވަނަ ދުވަހުއެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ