ހިތުދަސްކުރުމަށްވުރެ މުހިންމީ ފިލާވަޅުގެ ކޮންސެޕްޓް ދަސްކުރުން: ޑރ. އިބްރާހިމް ހަސަން

ފިލާވަޅުތައް ހިތުދަސްކުރުމުގެ ބަދަލުގައި ކޮންމެ ފިލާވަޅެއްގެވެސް ކޮންސެޕްޓް، ދަސްކުރުމަކީ މުހިއްމުކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާއިއެކު ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދިޔަ އެސެމްބްލީގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ފުރިހަމައަށް ކުރެވޭނީ އެކަމަށް ބޭނުންވާ ތަޢުލީމާ ހުނަރާއި އަދި އޭގެމައްޗަށް ތަޖުރިބާ ލިބިގެންކަމަށެވެ.

އަދި މިފުރުޞަތު އެންމެ ބޮޑަށް ތަނަވަސްވެގެންދާނެ ތަނަކީ ސްކޫލު ދައުރުކަމަށް ފާހަކުރެއްވިއިރު،. ޢިލްމު އުނގެނެން ސްކޫލް ދައުރަށްވުރެ ރަނގަޅު ފުރުޞަތެއް ދަރިވަރުންނަކަށް ނުލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދަރިވަރިވަރުން އެންމެ ޚާއްޞަ އިސްކަމެއް ދޭންވީ އުނގެނުމުގައި މުދާތަކުގެ ފިލާވަޅުތައް
ހިތުދަސްކޮށްގެން އުނގެނުމުގެ ބަދަލުގައި ކޮންމެ ފިލާވަޅެއްގެވެސް ކޮންސެޕްޓް، ދަސްކުރުން." މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ސްކޫލަކީ ދަރިވަރުންނަށް ރައްކާތެރި މާޙައުލެއްކަމަށް މިނިސްޓަރު ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ސްކޫލުން ދަރިވަރުން ބޭނުންވާ ތަޢުލީމާ ހުނަރާރައްކާތެރިކަން ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

އަދި މުދައްރިސުންގެ ވާޒީފާއަކީ އެހެނިހެން ވަޒީފާތަކާއި ވަރަށް ތަފާތު ވަޒީފާއެއްކަމަށް މިނިސްޓަރު ވިދާޅުއިރު، ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ސްކޫލް ހެދުމަށް މުދައްރިސުންގެ ކިބައިން މިނިސްޓަރުވަނީ އެދިލައްވާފައެވެ.

މިއެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހިންނަވަރު މީހަކު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވުމާއެކު މިދުވަސްވަރަކީ ހިންނަވަރަށް ވަރަށް ޚާއްޞަ ދުވަސްވަރެއްކަމުގައެވެ.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގެ ދަރިވަރުންނާއެކު މިއަދު ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައިވެސް ޑރ. އިބްރާހީމް ހަސަން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އެޅި މި ވުޖޫދަށް ނޭވާލީ މީގެ 35 އަހަރު ކުރިން 1984 ވަނަ އަހަރުގެ މާރޗް 10 ވަނަ ދުވަހުއެވެ. މިމަރުކަޒުގެ ބިންގާ އަޅާދެއްވީ އޭރުގެ ފ.އަތޮޅުގެ އަތޮޅުވެރިޔާ ހ.ވައިޖެހޭގެ އަލްފާޟިލް އިސްމާއީލް ރަޝީދުއެވެ. މަރުކަޒު ހުޅުވުނުއިރު މިމަރުކަޒުގައި ހަރަކާތްތެރި ވަމުން ދިޔައީ 200 އަށްވުރެ މަދު ދަރިވަރުންނާއި އެޑްމިސްޓްރެސްއަކާއި އެކު ޖުމްލަ 9 ވަރަކަށް މުއައްޒަފުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ