މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން | ފޯޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ސުޓޫޑެންޓް ލޯނުގެ ފައިނަލް ލިސްޓް ނެރޭނީ ވަގުތީ ލިސްޓަކަށް ފަހު: މިނިސްޓަރ

މިއަހަރުގެ ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުން އިއުލާން ކުރާނީ ވަގުތީ ލިސްޓެއް އާއްމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ދިނުމަށްފަހު ކަމަށް  ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ކޮންމެ އަހަރެއްގައި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ކުރީ އަހަރުތަކުގެ ތަޖުރިބާތަކަށް ބަލާއި ރަނގަޅު ކުރަން ޖެހޭކަންކަން ފާހަގަކޮށް އެކަމަށް އިސްކަންދެއްވާކަމަށާއި އެގޮތުން ސުޓޫޑެންޓް ލޯނަކީ އެތައް ދަރިވަރުންގެ ކިޔެވުމާއި ގުޅިފައިވާ ކަމަކަށްވުމުން އެ ނިޒާމަކީ ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ހިފޭ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދާވާ ކަމަށެވެ.

މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން މި ފަހަރު ހުޅުވާލި ލޯނުގެ ފިރުޞަތަކީ މިޙާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. މިގޮތުން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުވުމަށް ހުޅުވާލި ލޯން ސްކީމު 770 ފަރާތަކަށް ދިނުމަށް މިފަހަރު ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކޮށްފައިވާ 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކޮށްފައިވާ 290 ޖާގައެވެ.

"ފުރަތަމަ 2 ހަފްތާގައި ހުށައަޅާފައިވާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު މައްސަލައެއް އޮތްނަމަ އެ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގާނެ. އަދި އަލުން ސަބްމިޓް ކުރުމުގެ ފުރުޞަތެއްވެސް ލިބޭނެ. ނަމަވެސް އެންމެ ފަހު ހަފްތާގައި އެޕްލިކޭޝަންތައް ހުށައަޅައިގެން އެފަދަ ފުރުޞަތެއް ނުލިބޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ލޯނު ބޭނުންވާ ދަރިވަރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބެލުމަށްފަހު އާއްމުކުރާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހަފްތާއެއްގެ މުއްދަތު ދެއްވާނެ ކަމަށެވެ. އަދި ފުރަތަމަ 2 ހަފްތާގައި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު މައްސަލައެއް އޮތްނަމަ އެ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި އަދި އަލުން ހުށަހެޅުމުގެ ފުރުސަތެއްވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެންމެ ފަހު ހަފްތާގައި އެޕްލިކޭޝަންތައް ހުށަހަޅައިގެން އެފަދަ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ