ކުޑަކުދިންގެ ޕާރކެއް- ފޮޓޯ : ކުޅުދުއްފުށީ އޮންލައިން

ކުޑަކުދިންގެ ޕާރކް ހެދުމަށް ބޭނުންވާ ތަކެތި 5 ރަށަކަށް ފޮނުވައިފި

ކުޑަކުދިންގެ ޕާރކް ހެދުމަށް ބޭނުންވާ ތަކެތި 5 ރަށަކަށް ފޮނުވައިފިއެވެ.

ކުޑަކުދިންގެ ޕާރކް ހެދުމަށް ބޭނުންވާ ތަކެތި ފޮނުވާފައިވާ ރަށްތަކަކީ ގދ.ތިނަދޫ، ބ. ކިހާދޫ، އދ.ކުނބުރުދޫ، އއ. ރަސްދޫ ގެ އިތުރުން ގދ. ރަތަފަންދޫއެވެ.

ޔޫތް މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 5 ރަށެއްގައި ކުޑަކުދިންގެ ޕާރކް އެޅުމަށް ބޭނުންވާ ސާމާނު ފޮނުވާލައިފައި ވާކަމަށެވެ.

ރަށްރަށުގެ ކުރިއެރުމަށް ކުރާ މިފަދަ ކަންކަމަކީ އެކަމުގެ ސަބަބުން އާއިލާ ތަކުގެ ގުޅުން ބަދަހިވުމުގެ އިތުރުން ކުޑަކުދިންނަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ