އިތުރު 9 ރަށެއްގައި ކުޑަކުދިންގެ ޕާކް އަޅަނީ

ރާއްޖޭގެ ދެކުނުގެ 9 ރަށެއްގައި ކުޑަކުދިންގެ ޕާކް އެޅުމަށް ނިންމާފައިވާ ކަމުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ލ. އަތޮޅާއި ގއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުޑަކުދިންގެ ޕާކް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ލ. އަތޮޅުން ކުޑަކުދިންގެ ޕާކް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވަނީ ލ. ގަމާއި، ލ. މާމެންދޫއާއި، ލ. ކުނަހަންދޫގެ އިތުރުން އެއަތޮޅު ދަނބިދޫ އެވެ.

ގއ. އަތޮޅުން ކުޑަކުދިންގެ ޕާކް އެޅުމަށް ނިންމާފައިވާ 5 ރަށަކީ ގއ. ކޮލަމާފުއްޓާއި، ގއ. ދާންދޫއާއި، ގއ. މާމެންދޫ އަދި ގއ. ގެމަނަފުއްޓާއި އެއަތޮޅު ދެއްވަދޫއެވެ.

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ ވަރަށް ގިނަ ރައްތަކެއްގައި ކުޑަކުދިންގެ ޕާކް އެޅުމަށް ޔޫތް މިނިސްޓްރީން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނު ގިނަ ރައްތަކެއްވެސް ހިމެނެއެވެ.

މިނިސްޓަރ މަޙްލޫފް އިއްޔެވެސް ވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުޑަކުދިންގެ ޕާކް އެޅުމަށް ނިންމާފައިވާ 10 ރަށެއް އިޢުލާނު ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ