އިންޓަރނޭޝަނަލް އެއަރޕޯޓެއް އަލުން އިންޓަރނޭޝަނަލް ކުރަށް ރައީސް ސޯލިޙް ވަޢުދުވެވަޑައިގެންފި

އިންޓަރނޭޝަނަލް އެއަރޕޯޓެއް އަލުން އިންޓަރނޭޝަނަލް ކުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވަޢުދުވެވަޑައިގެންފިއެވެ.

ހދ. ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ އެމްޑީޕީ ތިލަދުންމަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިލަދުންމައްޗަކީ މުއްސަނދި އަތޮޅަކަށް ވީހިނދު އޭގެ ނަފާ އެންމެ ހެޔޮގޮތުގައި ހޯދަންޖެހޭކަމަށާއި އެގޮތުން މިސަރުކާރުގެ ވިސްނުމުގައި ފުރަތަމަ ކަމަކަށް އޮތީ ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުންކަމަށެވެ. އަދި އެމަޝްރޫޢު މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދަޢުލަތުގެ ބަޖެޓަށް އެކަމުގެ ސަބަބުން މާބޮޑު އަސަރެއް ނުކުރާގޮތަށް ތަރައްޤީކުރުމަށް ރާވާފައިވާ މިއެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ އެއްގޮތް ނުވިއްޔާ އަނެއްގޮތުންވެސް ސަރުކާރުން ހޯދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ހަނިމާދޫ އެއަރޕޯޓަކީ 2013 ވަނަ އަހަރުގައި އިންޓަރނޭޝަލްކޮށްފައިވާ އެއަރޕޯޓެއްކަން ފާހަގަކޮށްލެވެއެވެ. ހަނިމާދޫގެ އިތުރުން ހދ. އަތޮޅުގައި އިތުރު އެއަރޕޯޓެއް މިހާރު އޮންނައި 2018 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައި ހުޅުވި އެއަރޕޯޓަކީ ހުރިހާ ގޮތަކުންވެސް ހަނިމާދޫ އެއަރޕޯޓަށްވުރެ ބާރު ބޮޑު އެއަރޕޯޓެކެވެ.

މިއަހަރު ފަހުކޮޅު ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ފެށިގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ. ސަރުކާރުން ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގައި ލަސްތަކެއް އުޅެނީ އެއަރޕޯޓް އަލުން ޑިޒައިންކުރުމުގެ މަސައްކަތެއް ކުރިއަށްދިޔައީމާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. sajoa

    Akuruga hifaigen dhemun
    Mives noosverin dhettho

  2. Amaa

    **** boa vahtharu habaru nujahabala. Yaamin kulhudhuffushi ga nan board ekani kahaalaigen airport eh ves hulhuwi. Fahum nuwanya nooswerikan nukoubala

    2
    4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ