ސަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހުއްޓުވައިފި

ސަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހުއްޓުވައިފި އެވެ.

ރާއްޖޭގެ އިމްގްރޭޝަނުން ބުނެފައިވަނީ އެމީހާ މަސައްކަތް ކޮށްފައިވަނީ އެމީހާއާއި ވަތްތަރު މީހެއްގެ ޕާސްޕޯޓު ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން ކަމަށެވެ.

ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވާފައިވަނީ 53 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށް ރާއްޖޭގެ އިމިގްރޭޝަނުން މައުލޫމާތު ދެއްވިއެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ގިނަ ބަޔަކު ސަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރުމުގެ ތެރޭގައި އިމިގްރޭޝަނުން ހިފަހައްޓާފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ސަހުސު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވާއިރު ސަރުކާރުން ދަނީ މި މައްސަލައަށް ޙައްލެއް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ