މަސްތުވާތަކެތި ބަސްތާއެއް އޮޔާ ދާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ނުލިބޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައިމިވަނީ ގޮތް ނޭނގޭ ޕާރްސަލް އެއް ގިރިފުށީ ޖެޓީއިން ފެނިފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އިން ދީފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން އެމް.އެން.ޑީ.އެފް އިން ވިދާޅުވެފައިވަނީ މިއަދު 11:30 ހާއިރު ދެ ފޫޓުގެ ވަރުގެ ޕާރުސަލު ކޮށްފައިވާ އެއްޗެއް ގިރިފުށީ ޖެޓީއިން ފެނިފައިވާ ކަަމަށާއި އަދި ލައްގާފައިވަނީ ކޮން އެއްޗެއްތޯ ފުލުހުންނާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.
ނަމަވެސް ފުލުހުން ވިދާޅުވީ ކ.ގިރިފުށި ފަޅުތެރެއިން މަސްތުވާތަކެތި ބަސްތާއެއް އޮޔާ ދާކަަމަށް އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށައަޅައިފައި ނުވާކަމަށެވެ.



