އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

އަދީބުގެ ޝަރީއަތެއް މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރޭޓްސްގެ ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފިއެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިޝަރީޢަތަކީ އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދަޢުވާއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދަޢުލަތުން 7 ދައުވާއެއްކޮށްފައެވެ.

އެ 7 ދައުވާއަކީ ވެސް އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން އުފުލި ދައުވާތަކެކެވެ.

މިދަޢުވާތަށް އޮށްވާ އަދީބުވަނީ ރާއްޖެ ދޫކޮށް ފިލާފައެވެ. އަދި މީގެ ހަމަސްވަރު ކުރިން ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުންވަނީ އަދީބު ހައްޔަރުކޮށް ރާއްޖޭގެ ފުލުހުންނާއި ޙަވާލުކޮށްފައެވެ. އަދި ފިލަން ޖެހުނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިއްސާކުރި މައުލޫމާތު އެހެން ބައެއް ފަރާތްތަކަށް ލީކުވެ އެފަރާތްތަކުން ދެމުންދިޔަ އިންޒާރުތަކާ ގުޅިގެން ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށްވެސް އަދީބު ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ