އަދީބު ފުރަން އެއާޕޯޓުގައި - ފޮޓޯ: މީސްމީޑިއާ

މިއަދަށް ތާވަލްކުރި އަދީބުގެ ޝަރީޢަތް ކެންސަލްކޮށްފި

މިއަދަށް ތާވަލްކުރި އަދީބުގެ ޝަރީޢަތް ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 14:00 ފެށުމަށް ހަމަޖެހިފައި އޮތް ޝަރީޢަތަކީ އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދަޢުވާއެވެ.

އެހެންނަމަވެސް އަދީބުގެ ވަކީލުން އެދުމަށް މިޝަރީޢަތްވަނީ ކެންސަލް ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދަޢުލަތުން 7 ދައުވާއެއްކޮށްފައެވެ. އެ 7 ދައުވާއަކީ ވެސް އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން އުފުލި ދައުވާތަކެކެވެ.

މިހާތަނަށް އަދީބުގެ މައްޗަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެއްމެ ދަޢުވާއެކެވެ. މާބިންހުރާ މައްސަލާގެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން އަންގަވާފައިވާއިރު، އެހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެހެންނަމަވެސް އަދީބާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމައްސަލަ މިހާރު ނަގަން ބޭނުންވާކަމަށް މިމައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދަޢުލަތުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ