ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އައްޑޫސިޓީ ފޭދޫން މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފޭދޫން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެވެކެވެ.
ފުލުހުން ވިދާޅުވީ، މިމީހާ ޙައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ފޭދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެމީހާ ދިރިއުޅޭ ގެ އިންކަމަށެވެ.
ކޯޓު އަމުރެއްގެދަށުން އެމީހާ ހައްޔަރުކޮށް އެމީހާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 136 ރަބަރު ޕެކެޓާއި މަސްތުވާކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން މިމައްސަލަދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




