މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ހިންގާ ފަންނުވެރިން ބިނާކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ކޯސް އއ. އުކުޅަހުގައި މިއަދު ފައްޓައިފިއެވެ.
މިއަދު އުކުޅަހުގައި ފަށާފައިވަނީ ސެޓްފިކެޓް ލެވެލް 3 ގެ ގެސްޓް ހައުސް މެނޭޖްމަންޓް ކޯހެވެ. އުކުޅަސް ކޮންވެންޝަން ސެންޓަރުގައި ކޯސް ފެށުމުގެ ގޮތުން ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައިއެވެ.

6 މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި 39 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުންވެސް ފަތުރުވެރިކަމާއި މަސައްކަތްތެރިކަމުގެ ސިނާއަތުގެ އެކި ކޯސްތައް ކުރިއަށްއޮތް ދުވަސްތަކުގައި މި ޕްރޮގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވަނީ ވިދާޅުވެފައެވެ.
މި ކޯސްތަކަކީ މަސައްކަތުގެ ބާޒާރަށް ދިވެހިން ނެރުމާއި، އެކިއެކި ވަޒީފާތަކަށް ދިވެހިންނަށް ބޭނުންވާ ފަންނީ
ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުޞަތު ހޯދާދިނުމުގެ މަޤުޞަދުގައި ހިންގޭ މިކޯސްތަކެކެވެ.




