އއ. އުކުޅަސް އަދި ދ. މީދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ. މިނިސްޓްރީގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ ހުސައިން އަބްދުލްހަކީމްއެވެ.
މި އެއްބަސްވުމުގެ ދަށުން ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހެއެވެ. އަދި 100 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތަށް މަސައްކަތް ނިންމަން ޖެހެއެވެ.
މި މަސައްކަތް އެ ކުންފުންޏާއިި ހަވާލުކޮށްފައިވަނީ 3،259،792.78 ރުފިޔާއަށެވެ.



