މީގެ ކުރިން ބޭއްވި އުރީދޫ ކަލަރ ރަންގެ ތެރެއިން - ފޮޓޯ: އަވަސް

މިއަހަރުގެ އުރީދޫ ކަލަރ ރަން ކުޅުދުއްފުށި ސިޓީއަށް

ކޮންމެ އަހަރަކުވެސް އުރީދޫއިން ބާއްވަމުން އަންނަ ދުވުމުގެ ބޮޑު ހަރަކާތް، 'އުރީދޫ ކަލާ ރަން'ގެ މިއަހަރުގެ ދުވުން ހުޅުމާލޭގެ އިތުރުން ކުޅުދުއްފުށީގައި ބާއްވަން ނިންމައިފިއެވެ.

އުރީދޫއިން މިކަން އިއުލާނުކުރީ އެކުންފުނިން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް 'މަރުހަބާ 2020'ގެ ނަމުގައި ބޭއްވި ހަފްލާގައެވެ.

މިއަހަރުގެ ކަލާ ރަން ބާއްވާ ރަށްތައް އިއުލާނުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުއާއި އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން އެވެ.

މިއަހަރުގެ މެއި 20 ވަނަ ދުވަހު ކުޅުދުއްފުށީގައި ކަލާ ރަން ބޭއްވުމަށް ހަމަޖައްސާފައިވާއިރު، ހުޅުމާލޭގައި ބާއްވާ ކަލާ ރަން އޮންނާނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އުރީދޫ ކަލާ ރަން އަކީ ކޮންމެ އަހަރަކުވެސް އުރީދޫއިން ބާއްވަމުން އަންނަ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ މަގުބޫލުކަން ހޯދައިފައިވާ ހަރަކާތެވެ. މި ހަރަކާތް މިފަދަ ކުލަގަދަ ހަރާކާތެއްގެ ގޮތުގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ރަހުމަތްތެރިންނާއި އާއިލާތަކާ އެކު މަޖާކޮށްލައި ގުޅުން ބަދަހިކޮށްލުމެވެ.

މިދިޔަ އަހަރުގެ ކަލާ ރަން ގެ ފޯރިގަދަ ހަރަކާތްތަކެއް ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގަ ކުރިއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ