ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ - ފޮޓޯ: ސަން

ސިވިލް ކޯޓް އިސް ޤާޟީ ޢަބްދުﷲ ޢަލީގެ ސުލޫކީ މައްސަލައެއް ބަލަނީ

ސިވިލް ކޯޓް އިސް ޤާޟީ ޢަބްދުﷲ ޢަލީގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައި ވާފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް 18 މައްސަލައެއް ތާވަލުކުރެވުނުކަމަށާއި، އޭގެތެރެއިން އެ ކޮމިޓީން 04 މައްސަލައެއް ބަލަން ނިންމާ ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާކަމަށެވެ.

އެގޮތުން 4 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާއިރު، އެފަނޑިޔާރުންނަކީ:

  • އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރު
  • ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙްސިން ޢަބްދުލްޙަކީމް
  • ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ ކ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު މޫސާ
  • ސިވިލް ކޯޓް އިސްޤާޟީ ޢަބްދުﷲ ޢަލީ

ޖޭއެސްސީއިން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އެކޮމިޝަންގެ 09/2020 ވަނަ ބައްދަލުވުމުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ