މިއަހަރުގެ ރިޔާސީ ބަޔާން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް އިއްވަން ފެއްޓެވުމާއެކު އިދިކޮޅު މެންބަރުން އިހްތިޖާޖު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުންދާއިރު، އިދިކޮޅަށް ނިސްބަތްވާ ބައެއް މެންބަރުން ތިއްބެވީ ރައީސް ޞޯލިޙްގެ ކުރިފުޅުމަތީ ކަރުދާސް ބޯޑުތަކެއް ހިފައިގެންނެވެ.

އިދިކޮޅު މެންބަރުން މިފަހަރު އިޙްތިޖާޖު ކުރައްވަމުން ގެންދަވަނީ ހަމަހިމޭންކަމާ އެކުގައެވެ. މި ޖަލްސާ ބޮއިކަޓް ނުކުރައްވާނެ ކަމަށް އިދިކޮޅުން އިއްޔެ ވަނީ ބުނެފައެވެ.
މީގެ ކުރިން އަހަރުތަކުގައި ދިވެހިރާއްޖޭގެ ރައީސުން ރިޔާސީ ބަޔާން އިއްވި ޖަލްސާތަކުގައި ވަރުގަދަ އިޙްތިޖާޖުތައްކޮށް، ބޮޑެތި ހަމަނުޖެހުންތައް ހިނގާފައި އެބަހުއްޓެވެ.




