ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: މިހާރު

ކޮމިޓީގައި މުޢިއްޒު އިތުރުފުޅު ހެއްދެވި މައްސަލަ ފުލުހުންނަށް ހުށަހަޅަން ފާސްކޮށްފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަ ކޮމިޓީގައި ތުމުޢިއްޒު އިތުރުފުޅު ހެއްދެވި މައްސަލަ ފުލުހުންނަށް ހުށަހަޅަން ފާސްކޮށްފިއެވެ.

ނޫމަޑި ކުންފުންޏަށް ދައުލަތުން ބަދަލުދޭން ނިންމި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މިއަދު ވޯޓަށް އެހުމުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެެއިން 60 މެމްބަރުންގެ އިއްތިފާގުން ރިޕޯޓް މަޖިލީހަށް ބަލައިގެންފައެވެ.

މެންބަރުންގެ ވޯޓުން ފާސްކުރި ރިޕޯޓްގައި ހިމެނެނީ ދެ ކަމެކެވެ. އެއީ ނޫމަޑި މައްސަލަ ކޮމިޓީން ދިރާސާކުރި އިރު، ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމުގައި ޑރ. މުޙައްމަދު މުއިއްޒު އިތުރުފުޅު ހެއްދެވި ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ފޮނުވުމާއި، ނޫމަޑި މައްސަލައިގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލަން، އޭސީސީއަށް ފޮނުވުމުވެ.

ކޯޓުން ބޭރުން ނޫމަޑި މައްސަލަ ސަރުކާރުން ޙައްލުކޮށްފައިވާއިރު، މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން 55 މިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދައްކާފައިވަނީ މިދިޔަ އޮގަސްޓްމަހުއެވެ. ނޫމަޑިއާއެކު ސެޓްލްމަންޓް އެގްރީމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ 25 އޮގަސްޓް 2019 ގައެވެ.

ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި ދެ ފޭސްގެ މަތިން 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލާފައިވަނީ އެއްވެސް ސަބަބެއްނެތިއެވެ. އެހެންކަމުން އެމައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރުވަނީ ހުށަހަހަޅާފައެވެ.

އަދި ސިންގަޕޫރުގެ އާވިޓްރޭޝަންގައި ދައުލަތާއި ދެކޮޅަށް މުޢިއްޒު ހެކިބަސް ނުދެއްވިނަމަ ދައުލަތުން ދޭންޖެހުނު ބަދަލު ކުޑަވީސްކަމަށް ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވާއިރު، އާބިޓްރޭޝަނަށް މުޢިއްޒު މަޢުލޫމާތު ދެއްވީ ދައުލަތުން ނުވަތަ ނޫމަޑިން ހުށަހަޅައިގެންތޯ މެންބަރުން ސުވާލުކުރުމުން އެ ސުވާލަށް ސީދާ ޖަވާބެއް މުޢިއްޒު ދެއްވާފައެއް ނުވެއެވެ. އެހެންކަމުން މުޢިއްޒު ކޮމިޓީގައި އިތުރުފުޅު ހެއްދެވި މައްސަލަ ފުލުހުންނަށް ހުށައެޅުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ