މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވަން ފާސްކުރީ، މާލޭ މޭޔަރުކަމަށް އަންނާނެކަން ޔަޤީންވާތީކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ނިހާން ވިދާޅުވީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ މައްސަލަ ފުލުހަށް ހުށަހަޅަން ފާސްވެގެން ދިޔައީ މާލޭ މޭޔަރުކަމުގެ ގޮނޑި ކުރިއަށްއޮތް އިންތިޚާބުގައި ކާމިޔާބުކުރައްވާނެކަން ޔަޤީންވާތީ ވީގޮތެއްކަމަށެވެ.
Kureege Housing Minister Dr @MMuizzu Male’ Mayor Kamuge #LCE2020 Gondi Kaamiyaabu Kurahvvaane Kan @MDPSecretariat ah Yageen Vaathee Vaa Goiy Mee. https://t.co/p4meheignh
— Ahmed Nihan (@ahmed_nihan) February 5, 2020
ނިހާން މިހެން ވިދާޅުވެފައިވާއިރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަ ކޮމިޓީގައި ތުމުޢިއްޒު އިތުރުފުޅު ހެއްދެވި މައްސަލަ ފުލުހުންނަށް ހުށަހަޅަން މިއަދުވަނީ ފާސްކޮށްފައެވެ.
ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެެއިން 60 މެމްބަރުންގެ އިއްތިފާގުން ރިޕޯޓް މަޖިލީހަށް ބަލައިގެންފައިވާއިރު، ފާސްކުރި ރިޕޯޓްގައި ހިމެނެނީ ދެ ކަމެކެވެ. އެއީ ނޫމަޑި މައްސަލަ ކޮމިޓީން ދިރާސާކުރި އިރު، ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމުގައި ޑރ. މުޙައްމަދު މުއިއްޒު އިތުރުފުޅު ހެއްދެވި ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ފޮނުވުމާއި، ނޫމަޑި މައްސަލައިގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލަން، އޭސީސީއަށް ފޮނުވުމުވެ.
ކޯޓުން ބޭރުން ނޫމަޑި މައްސަލަ ސަރުކާރުން ޙައްލުކޮށްފައިވާއިރު، މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން 55 މިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދައްކާފައިވަނީ މިދިޔަ އޮގަސްޓްމަހުއެވެ. ނޫމަޑިއާއެކު ސެޓްލްމަންޓް އެގްރީމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ 25 އޮގަސްޓް 2019 ގައެވެ.
2 Responses
ކެނެރީގޭ އަބޫޖަހުލުގެ ރޭވުމާ އެއްގޮތަށް ކުރާ ކޮންމެ ކަމަކީ އުފާކުރަންޖެހޭ ކަމަކަށް ވާނީ އަބޫޖަހުލު އަންނިއަށް ތަބާވެގެން ތިބޭ ބައިގަނޑަށް
މުއިއްޒު ހޮވޭނެކަން އިނގޭތީ ޖަހާ ސަކަރާތް
ހެއްވާ ވާހަކަފުޅެއް، މޭޔަރުކަމަށް ކުރިމަތިލަނީއޭކިޔާފަ ހިންގާފަހުރި ޖަރީމާތަކާ، ކޮރަޕްޝަނާ، ވައްކަަންތައް ނުބަލަންވީތޯ؟ މިކަމާ އުފާނޫންތޯ ކުރަންވީ، އިންތިހާބުގެ ކުރިން މިކަންތައްތައް ބަލާ ރައްޔިތުންނަށް ތިބޭފުޅާއަކީ ފަސްބައި ރިވެތި ބޭފުޅެއްކަންދައްކާލަން ލިބޭ ރަނުގެ ފުރުސަތެއްނޫންތޯމީ؟ އެހެންނަމަވެސް މީހާރު ތިބޭފުޅާގެ ބަސްމަގު ހުރިގޮތުން މިތުހުމަތު ތަކަކީ ޙަޤީގަތެއްކަން އެބަސާފުވޭ