ރައީސް ޞޯލިޙަށް ކޫއްޑޫއިން މަރުޚަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް އަނެއްކާވެސް އައްޑޫއަށް ވަޑައިގަންނަވަނީ

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް އައްޑޫގެ ބައެއް ދާއިރާތައް ކާމިޔާބު ނުވުން އެކަށީގެންވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް ރައީސް ޞާލިހް މިއަދު ކުއްލި ގޮތަކަށް އައްޑުއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އެމްޑީޕީން ވިދާޅުވީ، މިއަދު މެންދުރުފަހު ރައީސް ޞާލިހް އައްޑުއަށް ވަޑައިގަންނަވަނީ ފޭދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ނިހާދުގެ ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ނިހާދުގެ ކެމްޕޭނު ޓީމުން އިންތިޒާމް ކުރާ ފުޓުބޯޅަ މެޗެއް ޝަރަފުވެރިކޮށް ދެއްވުމަށް ފަހު ރައީސް އައްޑޫގެ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވައި މިރޭ އެނބުރި މާލެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާއިރު، މިއީ އެމްޑީޕީގެ ކެމްޕޭނަށް ރައީސް ޞާލިހް އައްޑުއަށް ކުރައްވާ ދެވަނަ ދަތުފުޅެވެ.

އެމްޑީޕީގެ ސަޕޯޓް އެންމެ ވަރުގަދަ އައްޑުއަށް ރައީސް ޞާލިހް މިއަދު ވަޑައިގަންނަވާއިރު އެމްޑީޕީގެ އާއްމު މެންބަރުންގެ މެދުގައި ދެބަސްވުން އުފެދިފައި ވުމުގެ ސަބަބުންނާއި ސަރުކާރުން ވައުދުވި ގިނަ ކަންކަން ކުރިއަށް ނުދާތީ އެމްޑީޕީގެ ބައެއް އާއްމު މެންބަރުން ގެންދަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ތާއިދު ކުރަމުންނެވެ.

ރައީސް އައްޑޫއަށް ދެވަނަ ފަހަރަށް ވަޑައިގަންނަވާއިރު، ކެމްޕޭނަށް ރައީސް ހދ. އަދި ހއ އަތޮޅަށްވެސް ވަޑައެއް ނުގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް