ފަހުވަގުތާއި ހަމައަށް މަޑުނުކޮށް ފޯމް ހުށަހެޅުމަށް އޭސީއިން އެދިއްޖެ

އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ފަހުވަގުތާއި ހަމައަށް މަޑުނުކޮށް އަވަހަށް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންސް އިން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅިގެން މިއަދު މެންދުރުފަހު 3:00 އާއި ހަމައަށް ލިބިފައިވަނީ އެންމެ ތިން ފޯމުކަމަށެވެ.

"އިންތިޚާބަށް ވާދަކުރައްވާ ފަރާތްތަކުން އެންމެ ފަހު ވަގުތާއި ހަމައަށް މަޑު ނުކުރައްވާ އަވަހަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ދަންނަވަން." އިލެކްޝަންސްއިން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ވެސް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި ދެއިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް އިން ވަނީ ހުޅުވާލާފައެވެ.

ކައުންސިލް އިންތިޚަބަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާއިރު، ފައިނަލް ވޯޓާސް ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ވޯޓާސް ލިސްޓަށް 373 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އީސީއިން ވިދާޅުވި ގޮތުގައި މި ދެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 269،623 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ