ވޯޓް ކަރުދާހެއް - ފޮޓޯ: އަވަސް

ވޯޓް ކަރުދާސް ޗާކް ކުރީ ނޮވެލްޓީން - އިލެކްޝަންސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލުމަށް ބޭނުންވާ ވޯޓް ކަރުދާސް ޗާޕް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބލިޝަރސް ޕްރައިވެޓް ލިމިޓެޑް އިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދަވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މި އިންތިޚާބުގައި ބޭނުންކުރުމަށް ޖުމްލަ 267159 ވޯޓް ކަރުދާސް ޗާޕްކޮށްފައިވާއިރު، ކަރުދާސް ޗާޕް ކޮށްފައިވަނީ 20 މާރިޗު 2019 އިން 24 މާރިޗު 2019 އަށެވެ.

ވޯޓް ކަރުދާސް ޗާޕް ކުރުމަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ކަމަށާއި، އެކަން ކުރައްވާފައިވަނީ، ފިނޭންސް މިނިސްޓަރީއަށް ހުށަހަޅައި، ޓެންޑަރ ބޯޑުގެ ހުއްދައާ އެކުގައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބަށް ވޯޓް ކަރުދާސް ޗާޕް ކޮށްދިނުމަށް ހުށަހަޅާފައިވަނީ ދެ ކުންފުންޏަކުންނެވެ. އެއީ ނޮވެލްޓީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް ޗާޕް ކުރި އެމް ސެވަންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ