އައްޑޫ ސިޓީއަށާއި ކޮމަންޑޫއަށް އާ ޖަނަރޭޓަރު ގެންދަނީ

ކަރަންޓްގެ ހާލަތު ރަންގަޅު ކުރުމަށްޓަކައި އައްޑޫ ސިޓީއަށާއި، ށ. ކޮމަންޑޫއަށް އާ 3 ޖަނަރޭޓަރ ސެޓް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި އެ ސިޓީއަށް ގެންދިއުމަށް ހަމަޖެހިފައިވާ 2 މެގަވޯޓް ގެ އާ ދެ ޖަނަރޭޓަރ ސެޓް މިހާރު ލޭންޑިންގ ކްރާފްޓް އަށް ލޯޑް ކޮށްފައިވާކަމަށެވެ.

އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު ދައްވެ އެ ސިޓީއިން ދޭތެރެދޭތެރެއިން ދަނީ ކަރަންޓް ކެނޑެމުންނެވެ. އަދި އެ ސިޓީގެ ކަރަންޓްގެ ހާލަތަށް އަވަސް މުސްތަޤްބަލެއްގައި އެދެވޭ ހައްލެއް ގެނެސްދެއްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައިއެވެ.

އައްޑޫ ސިޓީގެ އިތުރުން ށ. ކޮމަންޑޫއަށް ޖަނަރޭޓަރ ސެޓެއް ގެންދާކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ. އެގޮތުން ފެނަކައިން ކޮމަންޑޫއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 400 ކިލޯ ވޯޓްގެ އާ ޖަނަރޭޓަރެކެވެ. ފެނަކައިން ވިދާޅުވީ ކޮމަންޑޫއަށް ދިމާވެފައި ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ރަށަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖަނަރޭޓަރ ސެޓް މި ހާރު ވަނީ ބޯޓަށް އަރުވާފއިކަމަށެވެ.

ކަރަންޓްގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ