ދާއިރާއެއްގެ ވޯޓް އަލުން ގުނަން އިލެކްޝަނުން ނިންމައިފި

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެއް ދާއިރާއެއްގެ ޥޯޓް ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރައްވާފައިވަނީ، އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ތިން ވޯޓް ފޮށްޓެއް އަލުން ގުނައި ދިނުމަށް ކެންޑިޑޭޓަކު އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާ ކަމަށާއި، އެ އެދުމާ އެއްގޮތަށް އެ ތިން ފޮށި އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަލުން ވޯޓް ގުނައި ދިނުމަށް އެދިފައިވަނީ 4 ކެންޑިޑޭޓުން ވާދަކުރި، ކުޑަ ތަފާތަކުން ނަތީޖާ ނިކުމެފައިވާ ދާއިރާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ނަމަވެސް އެއީ ސީދާ ކޮން ދާއިރާއެއް ކަމެއް ވިދާޅެއް ނުވެއެވެ.

"އެއް ދާއިރާއަކުން ވަރަށް ކުޑަ ކުޑަ ތަފާތަކުން ނަތީޖާ ބަދަލުވެފައި އޮތުމާއެކު ޝައްކުތަކެއް އުފެދޭތީވެ، ރީ ކައުންޓަކަށް ދާން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ހުށަހެޅިފައިވާ ޝަކުވާއަކީ ޞައްޙަ/ބާޠިލް ވަކި ކުުރުމާ ގުޅުންހުރި ޝަކުވާއެއް ކަމަށާއި، އެ ޝަކުވާއަކީ "ވެލިޑް" ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އަޤްލަބިއްތުން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ފަހުގެ ވަގުތެއްގައި މީޑިއާއަށް ހާމަކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މިވެސް ގޮތެއް

    އެއީއެމްޑީޕީއަށް ނުލިބުނު ގޮޑިއަކަށްވާނީ އެއީ ހައްގު ހޯދަން މަސައްކަތް ކުރާކުދިން .އެކުދިންގެ ހައްގެއް ގެއްލިޖެއްޔާ އެއެއްޗެއް ހޯދަން މަސައްކަތް ކުރާނެ .އެހެންނޫނީ އަވަށު ކުދިންއެއްކުރާނެގުނާލަދީ އަވަސް ގޮތަކަށް.

  2. Rozey

    Magey dhaairaatha anehkaaa

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ